Home › Groups › Shaykh Sulaymān Al-'Alwān Dhivehi
Shaykh Sulaymān Al-'Alwān Dhivehi Telegram
Telegram Channel Link

Shaykh Sulaymān Al-'Alwān Dhivehi Telegram Channel Link

★★★★★ 0.0 (0 ratings)
👁 2 views ↗ 0 joins
🇲🇻 Maldives 🌐 English # General
About this telegram channel link
މި ޗެނަލްއަކީ ޝައިޚް ސުލައިމާން އަލް-ޢަލްވާންގެ (فك الله أسره) ބުނުންތަކުގެ ދިވެހި ތަރުޖަމާ ގެނެސްދިނުމަށް ޙާއްޞަ ކުރެވިފައިވާ ޗެނަލްއެއް. إن شاء الله
Telegram Channel

Latest public posts from this Telegram channel.

412 subscribers
25 Aug 2026 latest post
Click to fetch the latest posts directly from Telegram.
ޝައިޚް ސުލައިމާން އަލް ޢަލްވާންއާއި ސުވާލު ވެވުނެވެ. ރަސޫލާ ﷺ ގެ ޢީދު މީލާދު ފާހަގަ ކުރުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ޖަވާބުގައި ވިދާޅުވިއެވެ. ރަސޫލާ ﷺގެ ޢީދު މީލާދު އެއްވެސް ގޮތަކުން ވަކިކުރައްވާފައި ނުވެއެވެ. އެއީ އެދުވަހުގެ މުނާސަބަތުގައި ވަކި ކަމެއް ކޮށްގެންވިޔަސް އަދި الله تعالى އާއި ކުއްތަންވުމަށް އިތުރު ހެޔޮ ޢަމަލު ކޮށްގެންވިޔަސް އަދި މި ނޫން ގޮތަކުން ވިޔަސްމެއެވެ. އެހެނީ، ހަމަކަށަވަރުން އެކަމަށް އެއްވެސް އަސާސެއް ނުވެއެވެ. ސަބަބަކީ ރަސޫލާ ﷺ އެދުވަސް ފާހަގަކުރައްވާފައިނުވެއެވެ . އެކަލޭގެފާނު ކުރައްވާ ކަންތަކާއި ނުކޮށް ދޫކޮށްލައްވާ ކަންތައްތައް މޮޅަށް އެނގިވަޑައިގަންނަވާނީ އެކަލޭގެފާނަށެވެ. އަދި މިކަމަކީ (ދީނުގައި) ކަނޑައަޅުއްވާފައިވާ އަޅުކަމެއްނަމަ އެކަލޭގެފާނު ﷺ ކުރެއްވީހެވެ. އަދި އެކަލޭގެފާނު ސުވަރުގެވަޑައިގަތުމަށްފަހު، އެކަލޭގެފާނުގެ ސުންނަތަށް އެންމެ އަހައްމިއްޔަތުކަން ދެއްވި ބޭކަލުންނަކީ އެކަލޭގެފާނުގެ ޞަޙާބީންނެވެ. އެބޭކަލުންވެސް އެދުވަސް ފާހަގަ ކުރެއްވުމުގެ ގޮތުން އެއްވެސް ކަމެއް ކުރައްވާފައެއް ނުވެއެވެ. މި ސަބަބާއިހުރެ، އަބޫބަކުރު، ޢުމަރު، ޢުޘްމާން، ޢަލީ އަދި ބަކީ ތިއްބެވި ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިވަޑައިގެންނެވި ބޭކަލުން މިދުވަހުގައި ވަކި އަޅުކަމެއް ކުރައްވާ މިދުވަސް ވަކި ކުަރައްވާ ފާހަގަކުރައްވާފައިނުވެއެވެ. އެހެންކަމުން، މިކަމުން އެނގިގެންދަނީ ރަސޫލާ ﷺ ގެ ޢީދު މީލާދީ ފާހަގަ ކުރުމަކީ ބިދުޢައެއްކަމެވެ.މަޞްދަރު
••❞ ކާފަރުންގެ ފައިދާ އަށް މުސްލިމުންނަށް ޖާސޫސް ކުރާ މީހަކީ، ﷲ އާއި ރަސޫލަށް ޚާއިނުވެއްޖެ މީހެކެވެ — ﷺ. އަދި މީނާގެ ފާފަ، މުސްލިމުންނާއި ދެކޮޅަށް ކާފަރުންގެ ޞަފުގައި ހަނގުރާމަޔަށް ކޮޅަށް ހުންނަ މީހަކާއި ވަކި ތަފާތެއް ނޫނެވެ. އަދި މިއީ އީމާންކަމުގެ ގޮބޮޅިން މީހާ ނެރެލާ ކަންތައް ތަކުގެ ތެރެއިން އެންމެ ބޮޑު އެއްކަމެވެ. ވީމާ އޭނާ އެވަނީ އިސްލާމް ދީނުގެ ޝަރީޢަތުން ބޭރުވެފައެވެ. އަދި ޢިލްމުވެރިންގެ ދެ ޤަޥްލުފުޅުން ޞައްޙަކަން ބޮޑު ޤަޥްލުގެ މައްޗަށް އޭނާ ޤަތުލު ކުރުން ވާޖިބެވެ. އަދި ޙާޠިބުގެފާނުގެ ވާހަކަ އާއި އެ އަޅައިކިޔުން ޞައްޙަ ނުވެއެވެ. އެހެނީ ޙާޠިބުގެފާނު ކާފަރުންނަށް ޖާސޫސެއް ކަމުގައި ނުވެއެވެ. އަދި ނަބިއްޔު ﷺ ގެ ސިއްރެއް ކަޝްފުކުރެއްވުމަށް ވުރެ އިތުރު ކަމެއް ނުކުރައްވަތެވެ. މުޝްރިކުންނަށް ރިޝްވަތެއްގޮތުގައެވެ. އަދި އެކަމުގައި އެކަލޭގެފާނު ކުރެއްވީ (ދަލީލު ތަކެއް މައްޗަށް ނުބައި) ތައުވީލެކެވެ. އަދި މިއާއި އެކުވެސް، އެކަމުގެ ސަބަބުން އެކަލޭގެފާނު ޤަތުލުކޮށްލެވުމުން މަނަލެއް ކަމަށްވީ، ބަދުރު ހަނގުރާމާގައި ބައިވެރިވެ ވަޑައިގަތުމެވެ. އެކަލޭގެފާނުގެ ދަރަޖާގައި، ބަދުރު ގައި ބައިވެރިވި ބައިވެރިވުން ނެތިއްޖެ މީހާ، ފަހެ އޭނާ ވަނީ ޤަތުލު ކުރެވުމެވެ. އަދި ޖާސޫސު ކުރުމީ ސިއްރެއް ފާޅު ކުރުމަށްވުރެ ބޮޑު ވެގެންވާ ކަމެކެވެ. އެހެނީ ޖާސޫސަކީ އޭޖެންޓެކެވެ. އަދި ޚާއިނެކެވެ. އަދި މުނާފިޤެކެވެ. އަދި އިސްލާމް ދީނާއި އޭގެ އަހުލުންނަށްވާ މައްކާރެކެވެ. އޭނާގެ ކުފުރު ހުރީ މަތިމައްޗަށެވެ. އަދި އޭނާގެ ޤަތުލުވަނީ ކަށަވަރުކޮށެވެ. ❝— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)~ ގަލަންދާނު
🔗މުޙައްރަމް 11 ވަނަ ދުވަހު ރޯދަ ހިފުމުގެ މައްޗަށް ވާރިދުވެފައިވާ ރިވާޔަތުގެ ދަރަޖައާއި، އާޝޫރާ ގެ ރޯދަ ހިފުމުގައި އެންމެ މޮޅުއިތުރުގޮތާއިމެދު — އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން ގެ ޚުލާޞާ.
✨ޢާޝޫރާ ދުވަހުގެ ރޯދަ | ގަލަންދާނު
🛡 ❞ ނަމާދުގައި އިސްތިޚާރާ (ދުޢާ) ކުރާނޭ ދަނޑިވަޅާއި މެދު، ހަތަރު ތަނެއް ވާރިދުވެފައިވެއެވެ. އެއިން އެންމެ ރާޖިޙު ވެގެންވަނީ، އައްތަޙިއްޔާތަށް ފަހު އަދި ސަލާމް ދިނުމުގެ ކުރިންނެވެ. ޢިލްމުވެރިން ތެރެއިން ގިނަ އަދަދެއްގެ ބޭކަލުން މިފަދައިން ވިދާޅުވެފައިވެއެވެ. އަދި (ޞައްޙަ ކަމާއި) ގާތްވެގެންވާ ބުނުމަކީ މިއީއެވެ.❝ — ޝައިޙް އަލްމުޙައްދިޘް، ސުލައިމާން އަލްޢަލްވާން (މަސްދަރު)~ ގަލަންދާނު
❔ އެއްވަޤުތެއްގައި ގިނަ މައްޔިތުންނަށް އެއް ކަށުނަމާދު ކުރެވޭނަމަ، އެއިން ލިބޭނީ އެއް ޖަނާޒާގެ އަޖުރުތޯ ނުވަތަ އެންމެހާ ނަޢްޔިތުންގެ ޖަނާޒާއަށް ވާވަރަށް އަޖުރު ލިބޭނެތޯ އާއި މެދު، ޝައިޚް އަލްޢަލްވާނާއި ސުވާލުވެވުނެވެ. ވިދާޅުވިއެވެ:”ޙަޤީޤަތުގަތަކީ، އިހުގެ އެއްވެސް ދަންނަބޭކަލަކު މި މައްސަލައާ މެދު ދިރާޘާއެއް ކުރައްވާފައިވާތީ އަހަރެންނަށް ފެނިފައި ނެތުމެވެ. އެހެންކަމުން، އަހަރެން މި މައްސަލައިގައި އިޖުތިހާދުކުރީމެވެ. އަދި އަހަރެންގެ ޤަޥްލަކީ އަޖުރު ލިޔެވޭނީ ޖަނާޒާތަކުގެ (އެ މައްޔިތުންގެ) އަދަދަށް ކަމެވެ. ދަލީލަކީ:⬆️(ހ) ނަބިއްޔާ ﷺ ޖަނާޒާތަކުގެ މައްޗަށް (އެކުގައި) ކަށުނަމާދު ކުރެއްވިއެވެ. އަދި ކޮންމެ ޖަނާޒާއަކަށް ވަކިވަކިން ނަމާދު ކުރެއްވިކަމެއް ވާރިދުވެފައެއް ނުވެއެވެ. އެހެންކަމުން، މިއިން ދޭހަކޮށްދެނީ އޭގެ ޢަޖުރު ލިބޭނީ އޭގެ އަދަދަށް ކަމެވެ. އެހެންނޫންނަމަ، އެކަލޭގެފާނު ކޮންމެ ޖަނާޒާއެއް ވަކިވަކިން ކުރެއްވީހެވެ.⬆️(ށ) އެކަން މަނާކުރާ އެއްވެސް ދަލީލެއް ވާރިދުވެފައި ނުވުމެވެ. އަދި ﷲ ގެ ފަޟްލުވަންތަކަން ތަނަވަސްވެގެންވެއެވެ."— އައްޝެއިޙް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)~ ގަލަންދާނު 🖋
🗣️ މުނާޡަރާ ކުރުމުގެ (ޢިލްމީ ބަހުސްތައް ކުރުމުގެ) ޙުކުމަކީ ކޮބައިހެއްޔެވެ؟ އެކަން ޞައްޙަވަނީ (ހުއްދަވަނީ) އެކަމަށް ހުރި ޝަރުޠުތަކަކާއި، މުނާޡަރާކުރާ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކަކާއެކުގައެވެ. ⚫️މުނާޡަރާގެ ޝަރުޠުތަކަކީ:⬆️އޭގެ ފައިދާއަށްވުރެ އޭގެ ގެއްލުން ބޮޑުނުވުން⬆️އާންމު އެންމެން އެއަށް ހާޟިރުވެ ބަލާން ނުތިބުން⚫️މުނާޡަރާކުރާ މީހާގެ ޝަރުޠުތައް:⬆️ޢިލްމުވެރިކަން: އަދި މީގެ ދަށުން: މަޑުމައިތިރިކަމާއި، ޙިލްމުވެރިކަމާއި، ކެތްތެރިކަން ކަނޑައެޅިފައި ވެއެވެ.⬆️ހިތްވަރުގަދަކަން: (ޘާބިތު ހިތެއްގެ ވެރިއަކަށްވުން).⬆️ޙުއްޖަތްތައް އަވަހަށް ހަނދާނަށް އައުމާއި ދަލީލު ދެއްކުމުގެ ހުޝިޔާރުކަން ހުރުން.(ދަންނައެ) އިދިކޮޅުވާ (ޙައްޤާ ޚިލާފުވާ) ކޮންމެ މީހަކާ މުނާޡަރާކުރުން ލާޒިމެއް ނޫނެވެ. ފަހެ، ޢަލީ ބުނު އަބީ ޠާލިބު رَضِيَ ٱللَّٰهُ عَنْهُ އަމިއްލަފުޅަށް މުނާޡަރާ ނުކުރައްވައެވެ. އަދިކިއެއްތަ؟ (ޚަވާރިޖުންނާއި މުނާޡަރާ ކުރެއްވުމަށް) ފޮނުއްވެވީ އިބްނު ޢައްބާސް رَضِيَ اللَّهُ عَنْهُمَا އެވެ. އަދި އިމާމް މާލިކާއި އިމާމް އަޙްމަދުވެސް (ދެކޮޅުވެރީންނާއި) މުނާޡަރާ ކުރައްވާފައެއް ނުވެއެވެ. އަދި އިބްނުލް ޤައްޔިމްވެސް މުނާޡަރާ ކުރައްވާފައެއް ނުވެއެވެ. އަދި އިބްނު ތައިމިއްޔާ އާއި މުނާޡަރާކުރުމަށް މީހަކު އައުމުން، އިބްނު ތައިމިއްޔާގެ އަޚް އެމީހާއަށް ބުންޏެވެ: "މިތަނުން ދާށެވެ! ކަލެއަށް ޞަޙީޙައިނި (އަލްބުޚާރީ އާއި މުސްލިމް) ގެ ޙަދީޘަކުން ޙަދީޘަކާއި، ޢަންތަރާގެ ޅެންބައިތަކުން އެއްޗެއް އަހަރެން ލިޔެދިނަސް، ކަލެއަކީ އެދޭތިން ދޭއްޗަކީ ކޮބައިކަންވެސް ފަރަޤުކުރަން ނޭނގޭ މީހެކެވެ."— އައްޝެއިޙް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)~ ގަލަންދާނު 🖋ـــــــــــــــ📝ގުޅުންހުރި ލިޔުން: (ފާޑު ކިޔުމުގެ ޝަރުޠުތައް)
💬 "ބައެއް މީހުން ﷲ ހަނދުމަކުރާ ހިނދު ލޮލުން ކަރުނަ ނުއޮހޮރިދާނެއެވެ. އަދި ޤުރްއާން ކިޔަވާއިރު ޚުޝޫޢަތްތެރިކަން ނުއައިސްދާނެއެވެ. އަދި ވަޢުޡާއި ނަޞޭޙަތް އަޑުއަހާއިރު ހިތަށް ކުޑައިންވެސް ގުޑުމެއް ނާރާ ހުރެދާނެއެވެ. ފަހެ، އެފަދަ މީހާ އިސްތިޣްފާރު ކުރުން ގިނަކުރަންޖެހެއެވެ. އެހެނީ އެއީ ހިތް ސާފުކޮށްދޭ އަދި ފާފަތަކުގެ އަޘަރުތައް ފޮހެލައިދޭ ކަމެކެވެ."— އަލްޢަލްވާން (ބަސްކޮޅު #-458)~ ގަލަންދާނު 🖋
✈️ ޘާބިތުވެވޭނެނަމަ މޮޅުއިތުރީ މީސްތަކުންނާއި އެއްވެ އުޅުމެވެ.❞ ސުވާލު: މި ޙަދީޘް ގެ ޞައްޙަކަމުގެ ދަރަޖައަކީ ކޮބައިތޯއެވެ: «المؤمن الذي يخالط الناس ويصبر على أذاهم خير من المؤمن الذي لا يخالط الناس ولا يصبر على أذاهم» ”މީސްތަކުންނާއި އެއްވެ އުޅޭ އަދި އެވެރިންގެ ދުއްތުރާތަކަށް ކެތްތެރިވެ ހުންނަ މުއުމިނު މީހާ، މީސްތަކުންނާއި އެއްވެ ނޫޅޭ އަދި އެވެރިންގެ ދުއްތުރާތަކަށް ކެތްތެރިވެ ނުހުންނަ މުއުމިނަށް ވުރެ ހެޔޮވެގެން ވެއެވެ.“ޖަވާބު: މިއީ ޖައްޔިދު ޙަދީޘެކެވެ. (އެބަހީ: އޭގެ ސަނަދު ޙަސަން ޞައްޙަ ދަރަޖައެވެ.) އަދި މުސްލިމް ގައި ރިވާވެފައިވެޔޭ، ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ: «الْمُؤْمِنُ القَوِيُّ، خَيْرٌ وَأَحَبُّ إلى اللهِ مِنَ المُؤْمِنِ الضَّعِيفِ، وفي كُلٍّ خَيْرٌ احْرِصْ على ما يَنْفَعُكَ، واسْتَعِنْ باللَّهِ وَلا تَعْجَزْ، وإنْ أَصابَكَ شيءٌ، فلا تَقُلْ لو أَنِّي فَعَلْتُ كانَ كَذا وَكَذا، وَلَكِنْ قُلْ قَدَرُ اللهِ وَما شاءَ فَعَلَ، فإنَّ لو تَفْتَحُ عَمَلَ الشَّيْطانِ »”ﷲ ގެ ޙަޟްރަތުގައި ނިކަމެތި މުއުމިނާއަށް ވުރެ ވަރުގަދަ މުއުމިނާގެ ހެޔޮކަމާއި ލޮބުވެތިކަން ބޮޑުވެގެންވެއެވެ. އަދި އެއިން ކޮންމެ މީހެއްގެ ކިބައިގައި ވެސް ހެޔޮކަން ވެއެވެ. ތިބާއަށް ފައިދާހުރި ކަންތަކަށް ތިބާ ދަހިވެތިވާށެވެ! އަދި ތިބާ ﷲގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ! އަދި ތިބާ ނުކުޅެދުންތެރި ނުވާށެވެ! ތިބާއާ މުޞީބަތެއް ކުރިމަތިވެއްޖެނަމަ، ފަހެ ، ތިބާ ނުބުނާށެވެ. އަހުރެން މިވެނި ކަމެއް އެވެނި ކަމެއް ކުރިނަމަ މިވެނި ކަމެއް އެވެނިކަމެއް ވީހެވެ. އެހެނަސް ތިބާ ބުނާށެވެ. އެއީ ﷲ ގެ މިންވަރުފުޅެވެ. އަދި އެކަލާނގެ އިރާދަފުޅު ކުރެއްވި ކަމެއް ވެދެއެވެ. ފަހެ ހަމަކަށަވަރުން ” ނަމަ” އަކީ ޝައިޠާނާގެ ޢަމަލުތަކަށް ދޮރު ހުޅުވައިދޭނެ ކަމެކެވެ.“— މިޙަދީޘަކީ މުސްލިމް އެކަލޭގެފާނުގެ "ޞަޙީޙު" ގައި ރިވާކުރެއްވި ޙަދީޘެކެވެ.⁽¹⁾ އަަދި ކުރިން ބަޔާން ވެވުނު ޙަދީޘަކީ އައްތިރުމިޛީ އާއި އެނޫން ބޭކަލުން ރިވާކުރެއްވި ޙަދީޘެކެވެ. ⁽²⁾ (މީސްތަކުންނާއި އެއްވެ އުޅޭ އަދި އެވެރިންގެ ދުއްތުރާތަކަށް ކެތްތެރިވެ ހުންނަ މުއުމިނު... — މިޙަދީޘް) އަދި މިއީ "ޙަސަން" ޙަދީޘެކެވެ. ❝ — އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)~ ގަލަންދާނު 🖋 | #حديث_صحيح💎އަަހަރެން ބުނަމެވެ: އިބްނު ވަޒީރު އަލްޔާމާނީ (840 ހ.) މިކަން ބަޔާން ކުރައްވައި ވިދާޅުވިއެވެ:ފަހެ އެކަނިވެރިކޮށް ހުންނަމީހާ އިޢުތިޤާދު ކުރާށެވެ: ތެދު ޙަޤީޤަތަކީ، އެކެހެރިވުމީ ޝައިޠާނާގެ މަޅިއަށް ދީލައިލާ ބަލިކަށި އަޅުންނަށްވާ އަޅުކަން ކަމެވެ. މިއާ ޚިލާފަށް ވަރުގަދަކަމާއި މަތިވެރި ދަރަޖައިގެ އަހުލުންނަކީ މީސްމީހުންނާއި އެއްވެއުޅުމުގެ ސަބަބުން ގެއްލުން ނުލިބޭ މީހުން ކަމެވެ. އަދި ކިއެއްތަ؟ މިވެރިން އެއްވެއުޅުމުގެ ސަބަބުން އެނބުރި އިޞްލާޙުވަނީ އަނެކުންނެވެ. މީސްތަކުންގެ ޙައްޤުތަށް މިބައިމީހުން އަދާކުރެއެވެ. އަދި އޭގެތެރެއިން ޖާހިލުންނަށް އުނގަންނައިދެއެވެ. އޭގެން ނިކަމެތީންނަށް މަދަދުދެއެވެ. އޭގެން ޙައްޤުވެރީންނަށް ނަޞްރުދެއެވެ. ބާޠިލު ބައިގަނޑަށް ނިކަމެތިކަމެވެ. އެވެރިންގެ ހެޔޮ ޢަމަލުގެ ތެރެއިން އެންމެ އެއްޗެއްވެސް، އެކަހެރިވެގެން ތިބޭ މީހުންގެ އެންމެހާ ހެޔޮ ޢަމަލަކަށްވުރެ ހެޔޮ ވެދާނެއެވެ... (الأمر بالعزلة ޞ. 165)ــــــــــــــــــــــــ[1] އަޙްމަދު (2/366، ނަންބަރު 8777)، މުސްލިމް (4/2052، ނަންބަރު 2664)، އަދި އިބްނު މާޖާ (2/1395، ނަންބަރު 4168) ގައި. އޭގެ އިތުރުން: އަލްޙުމައިދީ (2/474، ނަންބަރު 1114)، އައްނަސާއީ "އަލްކުބްރާ" (6/159، ނަންބަރު 10457) ގައި، އަބޫ ޔަޢުލާ (11/124، ނަންބަރު 6251) ގައި، އިބްނު ޙިއްބާން (13/28، ނަންބަރު 5721)، އަދި އަލްޙާކިމް (1 /404)، އައްދައިލަމީ (4/187، ނަންބަރު 580)، އަދި އަލްބައިހަޤީ (10/89، ނަންބަރު 19960) ގައި.[2] ޞަޙާބީންގެ ތެރެއިން "މުސްކުޅި ބޭކަލެއްގެ އަރިިހުން" ޙަދީޘް: އައްތިރުމިޛީ (ނަންބަރު 2507) އަދި އަޙްމަދު (5/365، ނަންބަރު 23147)، އަދި އަލްބައިހަޤީ (10/89، ނަންބަރު 19962) ގައި. އޭގެ އިތުރުން: އިބްނު އަބީ ޝައިބާ (5/293، ނަންބަރު 26220) ގައި.އަދި އިބްނު ޢުމަރުގެ ޙަދީޘް: ރިވާކުރެއްވީ އައްޠަބަރާނީ "އަލްޢަޥްސަޠު" (6/109، ނަންބަރު 5953) ގައި، އަދި އަލްބައިހަޤީ (10/89، ނަންބަރު 19961) ގައި. އޭގެ އިތުރުން: އައްޠަޔާލިސީ (ޞަފްޙާ 256، ނަންބަރު 1876)، އަލްޙިލްޔާގައި އަބޫ ނަޢީމް (5/62)، އަދި އިބްނު ޤާނީޢު (2/83) ގައި.
ނަމާދުގެ ތެރޭގައި އާފުރޭ މީހާ އާއި ކިނބިހި އަޅާ މީހާ ކަންތައް ކުރަންވީ ގޮތް—①—އިބްނު ޙަޖަރު، ބުލޫޣުލް މަރާމް ގެ كتاب الصلاة ގައި ނަޤުލު ކުރެއްވި އެވެ:އަބޫ ހުރައިރާ رضي الله عنهُ އަރިހުން ރިވާ ވެގެންވެއެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:«التَّثَاؤُبُ مِنَ الشَّيْطَانِ، فَإِذَا تَثَاءَبَ أَحَدُكُمْ فَلْيَكْظِمْ مَا اسْتَطَاعَ»((އާފުރުމަކީ ޝައިޠާނާގެ ފަރާތުން އަންނަ ކަމެކެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން މީހަކު އާފުރޭ ހިނދުގައި އެއިން ދުރުވުމަށް (ހުއްޓުވުމަށް) ކުޅަދާނަވީ ވަރަކަށް މަސައްކަތް ކުރާށެވެ.)) ރިވާކުރެއްވީ މުސްލިމް އާއި އައްތިރުމިޛީ އެވެ. އަދި އިތުރަށް ވެއެވެ: «في الصَّلاة» ((ނަމާދުގެ ތެރޭގައި)) އޭ އެވެ. އަލްޢަލްވާން ވިދާޅުވިއެެވެ: [1. އާފުރުން ހުއްޓުވައި ހިފެހެއްޓުން]((އާފުރުމަކީ ޝައިޠާނާގެ ފަރާތުން އަންނަ ކަމެކޭ))އެހެނީ އެކަން އަންނަނީ ބަނޑުފުރުމާއި ކަންނެތް ކަމުންނެވެ. އަދި އެދެކަންތަކީ ޝައިޠާނާ ލޯބިކުރާ ދެ ކަންތަކެކެވެ. އެހެންކަމުން އާފުރުމީ ޝައިޠާނާ ފުށުންވާ ކަމެއް ފަދަ އެވެ.((ތިޔަބައިމީހުންގެ ތެރެއިން މީހަކު އާފުރޭ ހިނދުގައި އެއިން ދުރުވުމަށް (ހުއްޓުވުމަށް)... މަސައްކަތް ކުރާށޭ))އެބަހީ: އެކަން ހުއްޓުވައި ހިފަހައްޓާށޭ އެވެ.އެއީ ((ކުޅަދާނަވީ ވަރަކުން)) ނެވެ...އެއަށްފަހު، (އިބްނު ޙަޖަރު ވިދާޅުވީ) "ރިވާކުރެއްވީ އައްނަސާއީ އާއި އައްތިރުމިޛީ އޭ، އަދި އިތުރަށް ވެޔޭ" އެބަހީ އައްތިރުމިޛީގެ ރިވާޔަތުގައި އިތުރަށް ވާ ކަމަށެވެ. (އެ އިތުރު ބަޔަކީ «في الصَّلاة») ((ނަމާދުގެ ތެރޭގައި)) އޭ އެވެ. (މާނައީ: ނަމާދުގެ ތެރޭގައި އާފުރޭނަމަ އެކަން ހުއްޓުވުމަށް މަސައްކަތް ކުރާށޭ އެވެ.)ވީމާ އާފުރުން މައިތިރި ކުރުމަށް އޮތް މި އަމުރު، ނަމާދުގެ ތެރެޔަށް (މިޙަދީޘުގައި) ހަނިކުރެއްވިއެވެ. 🤚އެހެނަސް މިއިން މި ނަހީ މުޠްލަޤުވުން (ޖުމްލަކޮށް އެންމެހާ ޙާލަތަކަށް ހުޅުވިފައި އޮތުން) ކަނޑުވައި ނުލައެވެ. އެއީ، މި ނަހީ މުޤައްޔިދުކޮށް (ހަނިކުރެވިފައިވާ) ޙާލަތާއި (އެބަހީ: ނަމާދުގެ ތެރޭގައި އެކަން ވުމާއި) މުޠްލަޤު ޙާލަތް (އެބަހީ: އެންމެހާ ޙާލަތެއްގައި އާ ފުރުން) : ޙުކުމުގައި ދިމާވާތީ އެވެ. (މާނައީ، މަނާ އޮތީ އާފުރުމުގެ ސަބަބުގެ މައްޗަށް ކަމެވެ: އެކަމަކީ ޝައިޠާނާގެ ފުށުން ވާ ކަމެއް ކަމުގައި ވުމެވެ. އަދި އެއީ ނަމާދުގެ ތެރެއަށް ޚާއްޞަ ވެފައި އޮތް ޝައިޠާނާގެ ޢަމަލެއް ނޫން ކަމެވެ.)[2. އަނގަހުޅުވައި އާފުރުމުގެ އަޑު ނުލެއްވުން] އަދި މި އިތުރުވީ ތަންކޮޅު «في الصَّلاة» ((ނަމާދުގެ ތެރޭގައި)) އޭ — މި ބަޔަކީ އަލްބުޚާރީގެ ރިވާޔަތުގައި ވެސް ހިމެނޭ ބަޔެކެވެ. އަދި އެރިވާޔަތުގައި (އަދި އަބޫ ދާވޫދުގެ ރިވާޔަތުގައި)، އޭގެ ފަހަށް ވެއެވެ: «ولا يقل: ها؛ فإنما ذلك من الشيطان يضحك منه» ((އަދި (އާފުރުމުގައި އަނގަ ހުޅުވައި) ”ހާ” އަޑު ނުލައްވާށެވެ. އެހެނީ އެއީ ޝައިތާނާ ފަރާތުން އަންނަ އަދި އެއަށް އޭނާ ހީ ހަދާ ކަމެކެވެ.)) ⁽¹⁾ އަދި މިއެންމެހާ ކަމަކީ އެއަކުން (ނަމާދުގެ) ޚުޝޫޢަތްތެރިކަން ގެއްލޭ ކަންކަމެވެ.[3. އަނގަމަތީ އަތްއަޅައި އެކަން ހުއްޓުވުން]އަދި އޭނާ (ނަމާދުގެ ތެރޭގައި ވިޔަސް، އެކަން ހުއްޓުވަން) އަނގަމަތީ އަތް އެޅުން ވެއެވެ. އެއީ މިޙަދީޘްގެ މައްޗަށެވެ:«إذا تثاءب أحدكم فليضع يده على فيه؛ فإن الشيطان يدخل مع التثاؤب» ((ތިޔަބައިމީހުންގެ ތެރެއިން މީހަކު އާފުރޭނަމަ، އޭނާގެ އަތް އަނގަމަތީގައި އަޅައި ނިވާކުރުން ހުއްޓެވެ. އެހެނީ ހަމަކަށަވަރުން އާފުރައިގަންނަ ވަޤުތުގައި ޝައިޠާނާ ވަދެގަނެއެވެ.))މިޙަދީޘު ރިވާކުރީ އަޙްމަދާއި ދެ ޝެއިޚުން އަދި އެނޫން ބޭކަލުންނެވެ. ❝ — އައްޝެއިޚް އަލްމުޙަދިޘް ސުލައިމާން އަލްޢަލްވާން (ބުލޫޣުލް މަރާމް ގެ ޝަރަޙައިން) ބަސްކޮޅު، ނިމުނީ.🖋ــــــــــــــــــــــــــــ[1] ނޯޓް: މި ލަފުޒަކީ އަބޫ ދާވޫދުގެ ލަފުޒެވެ. އެހެނަސް ތުޙްފަތުލް އަޙްވަޛީ އާއި އެނޫން ބައެއް ފޮތްތަކުގައި މިލަފުޒު އަލްބުޚާރީއަށް ނިސްބަތް ކުރައްވާފައިވެއެވެ. އަލްބުޚާރީގެ ލަފުޒު މިއާއި ގާތް އެހެނަސް ކުޑަ ފަރަޤެއް ވެއެވެ.)
⚠️ސުވާލު : ޤުރުއާން ޚަތިމް ކުރުމުގެ ދުޢާ ގެ ޙުކުމަކީ ކޮބައިތޯއެވެ؟ޖަވާބު : ނަމާދުގައި ޤުރުއާން ޚަތިމް ވުމުގެ ދުޢާ ކިޔުން ނަބިއްޔު ﷺ އަރިހުން ފޯރާފައި ނުވެއެވެ. އަދި އަޞްޙާބު ބޭކަލުން ތެރެއިން އެއްވެސް ބޭކަލެއްގެ އަރިހުންވެސްމެއެވެ. އަދި ފަހެ އަޅުކަންތަކަކީ (توقيفية) ތަޥްޤީފިއްޔާ ތަކެއްޗެވެ. (އެބަހީ އަޅުކަން ޝަރުޢުވުން ވަނީ ހަމައެކަނި ޤުރުއާނާއި ސުންނަތުން ޘާބިތުވުމުންނެވެ.) އަދި ދީނަށް އައުކަންތައް ގެނައުމަކީ ޙަރާމް ވެގެންވާ ކަމެކެވެ. އަދި ޤުރުއާނުން ވާރިދުވެފައިނުވާ، ސުންނަތުން ޘާބިތުވެފައި ނުވާ، އިޖްމާޢެއް އަދި ޞައްޙަ ޤިޔާސަކުން އެ ޝަރުޢުވާކަމަށް ދަލީލުނެތް އަޅުކަމަކުން ﷲ އަށް އަޅުވެތިވާ މީހާ، އޭނާ އެވަނީ ދީނުގައި ބިދުޢަ ހަދައި އޭގައި ނުހިމެނޭ ކަމެއް ގެނެސްގަނެފައެވެ. އަދި ނަބިއްޔު ﷺ މިޙަދީޘް ފުޅުގައިވާ ގޮތުގެ މަތީން އޭނާގެ އެޢަމަލު ވަނީ (ޤަބޫލު ނުވެވި) ރައްދުކުރެވިގެންނެވެ: (من أحدث في أمرنا هذا ماليس منه فهو رد) ”އަހަރެމެންގެ މިކަމުގައި އޭގައި ނުވާ އެއްޗެއް ގެނެސްފި މީހެއް ފުށުން އެކަންތައް ވަނީ (ޤަބޫލުނުވެވި) ރައްދުވެވިގެނެނެވެ.“ މިއީ ޢާއިޝާ ގެ ޙަދީޘް ތަކުން متفق عليه ޙަދީޘެކެވެ. (އެބަހީ: އަލްބުޚާރީ އާއި މުސްލިމް)✅ދެންފަހެ ނަމާދުން ބޭރުގައި ޤުރުޢާން ޚަތިމުވުމުގެ ދުޢާ، މިކަން ވަނީ އަނަސް އަރިހުން ފޯރާފައެވެ. އަދި އެކަލޭގެފާނުގެ އަރިހުން ޘާބިތެވެ. ރިވާކުރެއްވީ އައްދާރިމީ އާއި އެނޫން ބޭކަލުންނެވެ. އަދި އެކަލޭގެފާނު ނޫން އެހެން އަޞްޙާބު ބޭކަލެއްގެ އަރިހުން އެކަން ޞައްޙަވެފައި ނުވެއެވެ. ❝ — އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (فوائد منتقاة)~ ގަލަންދާނު
🌘 ❞ އެހެންކަމުން އަހަރެންގެ އަޚާއެވެ. މިރެޔާއިމެދު ހުށިޔާރުވާށެވެ. އަދި ﷲ އަށްޓަކައި ނިޔަތް ޚާލިޞް ކުރާށެވެ. އަދި ﷲ އަށް ތިބާގެ ނަފްސުގައިވާ އެންމެ ހެޔޮކަން ދައްކާށެވެ. ފަހެ ބަލިކަށިވެއްޖެ ނޫނީ ކުޅަދާނަނުވެއްޖެ މީހާ ދަންނައެ، ބައެއް ސަލަފުން ⁽¹⁾ ވިދާޅުވެތެވެ: ”ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ، ފަހެ އޭނާއަށްވާ ލައިލަތުލް ޤަދުރީގެ މިންވަރު ހޯދައިގަނެފިއެވެ.“ ❝— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން ~ ގަލަންދާނު------------[1] އިތުރު މައުލޫމާތު، އިސްލާމް ސުވާލާއިޖަވާބު 366135
ޝައިޚް ޢަލްވާން فك الله أسره ވިދާޅުވިއެވެ: ލައިލަތުލްްޤަދްރި ވިލޭރޭ ދުޢާކުރުމަކީ އަޞްޙާބު ބޭކަލުންގެ މެދުގައި އެނގި ފާޅުވެގެންވާ މަޝްހޫރު ކަމެކެވެ. އަދި ދެ ޞަޙީހުގައިވާ އައްޒުހުރީގެ ޙަދީޘްގައި، އަބޫ ސަލަމާ ބިން ޢަބްދުއްރަޙްމާންގެ ފަރާތުން، އަބޫ ހުރައިރާ رضي الله عنهم ގެ ފަރާތުން ރިވާކުރައްވާފައިވާ ގޮތުގައި، ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "އީމާންކަމާއެކު، އަދި ދަަރުމައާއި ސަވާބަށް އެދޭޙާލު ލައިލަތުލްްޤަދްރި ވިލޭރޭ ޤިޔާމު ކޮށްފި މީހާގެ އިސްވެދިޔަ އެންމެހާ ފާފަތަކެއް ފުއްސެވޭނެއެވެ."މި ޙަދީޘްގައިވާ "ލައިލަތުލްޤަދުރި ވިލޭރޭ ޤިޔާމުކޮށްފި މީހާ" މި ބަހުގެ މާނައަކީ، ނަމާދުކުރުމާއި ދުޢާކުރުމުގައި ވަޤުތު ހޭދަކުރުމެވެ. ލައިލަތުލްްޤަދްރި ވިލޭރޭ ގިނަގިނައިން ދުޢާކުރުމަކީ ދީނުގައި ޝަރުޢުވެގެންވާ ކަމެއްކަން މި ޙަދީޘުން ދަލީލުކޮށްދެއެވެ.މަޞްދަރު
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
🔖 ހުކުރާއި ގުޅުން ހުރި ދެތިން ކަމެއް:▫️ ހުވަނދު ލުމަކީ ޖުމްލަކޮށް އަބަދުވެސް މުސްތަޙައްބު ކަމެކެވެ. އަދި ހުކުރުގައި އޭގެ ކަށަވަރުކަން ބޮޑެވެ. ▫️ އިމާމު މީހާ ހުކުރު ޚުޠުބާގައި ދުޢާ ކުރާނަމަ، މައުމޫމުން އެއަށް އާމީން ކިޔުންވެއެވެ. ސިއްރުގައެވެ. އަޑުހަރުކޮށެއް ނޫނެވެ. ▫️ ހުކުރު ފަހަށް ކުރެވޭ ސުންނަތް ނަމާދު: މިސްކިތުގައި ކުރުމަށް އެދޭ މީހާއަށް ވަނީ 4 ރަކުޢަތެވެ. ގޭގައި އެނަމާދު ކުރާ މީހާއަށް 2 ރަކުޢަތެވެ.— ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)~ ގަލަންދާނު
ތަރާވީޙް ނަމާދު، އެނަމާދު ކުރަންވީ ގޭގައި ހެއްޔެވެ؟ ނޫނީ މިސްކިތުގައި ހެއްޔެވެ؟ނަބިއްޔު ﷺ (ތަރާވީޙް) ނަމާދުގައި ޤިޔާމުވެލެއްވެވުމުން ދެން (އެކަލޭގެފާނުގެ ފަހަތުގައި) މީހުން ޤިޔާމުވިއެވެ. ދެން އަނެއްދުވަހު ވެސް ޤިޔާމުވެލައްވައި އެކަލޭގެފާނުގެ ނަމާދުގައިމީހުން ބައިވެރިވި އެވެ. ދެން އެއަށްފަހު ނަބިއްޔު ﷺ އެއުރެންގެ ގާތަށް (އެ ނަމާދަށް) ނިކުމެވަޑައި ނުގަންނަވަ އެވެ. އެއީ އެކަން ފަރުޟު ވެދާނެކަމަށް ބިރުވެތިވެ ލައްވައެވެ.⁽¹⁾ ޢިލްމުވެރިން ޤިޔާމުގެ ނަމާދު (އެބަހީ: ދަމުނަމާދު) ޝަރުޢު ވެގެންވާ ކަމާއި މެދު ޚިލާފުވެވަޑައި ނުގަންނަވައެވެ. އަދި މިއީ މިކަމުގައި އިޖުމާޢުވެވިގެންވާ އެއްޗެކެވެ. އެއީ ރަމަޟާން މަސް ނޫނީ އެހެން މަހެއްގައި ވިޔަސް މެއެވެ. މިއާއިއެކު ރަމަޟާން މަހުގައި އެނަމާދު ޖަމާޢަތުގައި ކުރުން، މިއީ ފަހެ ހަމަކަށަވަރުން އަޞްޙާބުން (رَضِيَ اللَّهُ عَنْهُمْ) އެކަން ޢަމަލީ ގޮތުން ކުރައްވައި އޭގެ މައްޗަށް އިޖުމާޢުވެލެއްވި ކަމެކެވެ. އެހެނީ ޢުމަރު ބުނުލް ޚައްޠާބު ގެ ވެރިކަމުގައި މީސްތަކުންނާއި އެކު އެގާރަ ރަކްޢަތާއިގެން ޤިޔާމު ވުމަށް، އުބައްޔު ބުނު ކަޢުބު އަދި ތަމީމުއް ދާރީ އަށް އަމުރުވެވުނެވެ.⁽²⁾ދެންފަހެ ތަރާވީޙް ނަމާދަކީ ތޭވީސް ރަކުޢަތް ކަމަށް ވާރިދުވެފައިވާ އާޘާރު ތަކަކީ، އޭގެން އެންމެހާ އެއްޗެއް މަޢުލޫލް (ހާމަނޫން ގޮތުގައި ބަލިކަށި) ތަކެއްޗެވެ. އަދި އެއިން އެއްވެސް އެއްޗެއް ނަބިއްޔު ﷺ އަރިހުން ޞައްޙަ ގޮތުގައި ވާރިދުވެފައި ނުވެއެވެ. މިއާއި އެކުވެސް އަޞްޙާބު ބޭކަލުން މިނަމާދު ޖަމާޢަތުގައި ކުރެއްވިކަމީ، އެނަމާދު ޖަމާޢަތުގައި ކުރުން މުޞްތަޙިއްބު ވާ ކަމެކެވެ. އަދި އެއީ ސުންނަތެކެވެ. އަދި މޮޅު އިތުރީ އެނަމާދު ގޭގައި ކުރުން ކަމުގައި ބިނާ ވަނީ ޢުމަރު (رَضِيَ اللَّهُ عَنْهُ) އަރިހުން ޛިކުރުވެވިގެންވާ ބަސްފުޅަކުންނެވެ: "އެހެނަސް (މިނަމާދަށްފަހު) ނިދީގައި ގެއްލޭ އެތި މިނަމާދުން ފެންނަ އެއްޗަށްވުރެ ހެޔޮވެގެންވެއެވެ."⁽³⁾ މިހެން ކަމުން ޢިލްމުވެރިން ކުރެ ބައިގަނޑެއް މިއިން ފަހުމުވެލެއްވީ: ގޭގައި ކުރެވޭ ނަމާދު މޮޅުއިތުރު ވެގެންވާ ކަމެވެ. އަދި މިބުނުމާއިމެދު ދެބަސްވުމެއް ވެއެވެ. އެހެނީ ޢުމަރު މި މާނައެއް އެއިން ޤަޞްދެއް ނުކުރައްވައެވެ. ހަމަކަށަވަރުން ޢުމަރު (رَضِيَ اللَّهُ عَنْهُ) އެއިން ޤަޞްދު ކުރެއްވީ ޖަމާޢަތުގައި ކުރެވޭ ނަމާދު މޮޅުއިތުރު ކަމެވެ. އެހެނަސް ރޭގަނޑުގެ ފަހު ދަންފަޅީގައި އެނަމާދު ކުރުމީ އެދެވިގެންވާ ގޮތްކަމެވެ. އެހެނީ ޢުމަރު (رَضِيَ اللَّهُ عَنْهُ) ވިދާޅުވީ "(މިނަމާދަށްފަހު) ނިދީގައި ގެއްލޭ އެތި މިނަމާދުން ފެންނަ އެއްޗަށްވުރެ ހެޔޮވެގެންވެއޭ" އެވެ. އަދި "އެނަމާދު ގޭގައި ކުރާމީހުން މޮޅުއިތުރު އޭ" އެކޭ ވިދާޅެއް ނުވެއެވެ. ހަމަކަށަވަރުން ވިދާޅުވި "(މިނަމާދަށްފަހު) ނިދީގައި ގެއްލޭ އެތި މިނަމާދުން ފެންނަ އެއްޗަށްވުރެ ހެޔޮވެގެންވެއޭ" އެވެ. އެބަހީ، އެނަމާދު ރޭގަނޑުގެ ފަހު ދަންފަޅީގައި ކުރުން، ރޭގަނޑުގެ ފުރަތަމަ ދަންފަޅީގައި ކުރުމަށް ވުރެ މޮޅު އިތުރު ކަމެވެ. ދެންފަހެ އެނަމާދު މިސްކިތުގައި ކުރާނީތޯ؟ އާއެކެވެ. އެނަމާދު މިސްކިތުގައި ތިބާ ކުރާށެވެ. އެހެނީ މިއީ ޢުމަރު (رَضِيَ اللَّهُ عَنْهُ) ގެ ދައުރުގައި މުސްލިމުން އެކަމުގެ މައްޗަށް އިޖުމާޢުވެފައިވާ ގޮތެވެ. އަދި އޭރުގައި އަޞްޙާބުންގެ ތެރެއިން ޢަލީ އަދި ޢުޘްމާން ފަދަ ބޮޑެތީން ތިއްބެވި އެވެ. އަދި މުހާޖިރުންނާއި ޢަންޞާރުން (رَضِيَ اللَّهُ عَنْهُمْ) ގެ ބޮޑެތީންވެސް މެއެވެ. އަދި އޭގެ ތެރެއިން އެކެއްވެސް މިކަމަށް އިންކާރު ކުރައްވާފައެއް ނުވެއެވެ. — ޝައިޚް ސުލައިމާން ބުނު ނާޞިރް، އަލްޢަލްވާން (މަޞްދަރު)~ ގަލަންދާން____(1) މިރިވާޔަތުގެ އަޞްލަކީ، ޒައިދު ބުނު ޘާބިތު ގެ އަރިހުން އަލްބުޚާރީ 7290 އަދި މުސްލިމް 781 ގައި ރިވާކުރެއްވި ޙަދީޘެވެ.(2) ބައްލަވާ މާލިކް ގެ މުވައްޠައު (1 / 115) (3) ޢަބްދުއް ރަޙްމާން ބުނު ޢަބްދުލް ޤާދިރު ގެ މަގުން، ރިވާކުރެއްވި އަލްބުޚާރީ 2010 ގައެވެ. މިޙަދީޘް ގެ ރާވީ ވިދާޅުވިއެވެ: "އެކަލޭގެފާނު އިޝާރާތްކުރެއްވީ ރޭގަނޑުގެ ފަހު ދަންފަޅީ މައްޗަށެވެ. އެހެންވިޔަސް މީސްތަކުން ޤިޔާމުވެ އުޅެނީ ފުރަތަމަ ދަންފަޅީގައެވެ."
❞ ކާފަރުންގެ ދީނަށް ލޯބި ކުރުމަކީ ނުވަތަ އެވެރިންގެ ދީނަށް ރުހުމަކީ، ⌝މިއްލަތުން ބޭރުވެދާ⌜ ބޮޑު ކުފުރު ކަމާއި މެދު، ⌝އިސްލާމީ⌜ އުއްމަތް ވަނީ އިޖުމާޢު ވެފައެވެ. މިއީ އަދި މުސްލިމުންނާއި ދެކޮޅަށް އެވެރިންނަށް ވާގިވެރި ވުމާއި ނުލަޔެވެ. އެހެނީ މިއީ ކުފުރުގެ ތަފާތު އެހެން ބޮޅެކެވެ. ❝ — އަލްޢަލްވާން (ބަސްކޮޅު)
☑️ވިތުރި އަދި އެނޫން ނަމާދުތަކުގައި ޤުނޫތު ކިޔުމުގައި ދުޢާއަށް އަތް ނެގުމާއި ނުނެގުމުގެ މައްޗަށް ޚުލާޞާއެއް—①—ސުވާލު: ކޮންމެ ދުވަހެއްގައި އާދަކޮށް ޤުނޫތު ކިޔައި އޭގެ ދުޢާއަށް ދެއަތް ނެގުން ހުއްދަތޯ؟ޖަވާބު: النوازل (އެބަހީ މުޞީބާތް) ތަކުގައި ޤުނޫތު ކިޔުން ޝަރުޢުވެގެންވެއެވެ. ނަބިއްޔު ﷺ ބަޔަކު މީހުންނަށްޓަކައި ނުަވަތަ ބަޔަކު މީހުންނާއި ދެކޮޅަށް ދުޢާ ކުރައްވަނީ ނަމަ (ނަމާދު ތަކުގައި) ޤުނޫތު ކުރައްވައި އުޅުއްވިއެވެ. އަދި އެމުޞީބާތެއް އުފުއްލެވުމާއި ހަމަޔަށް ޤުނޫތު ކުރެއްވުމުގައި ދެމިހުންނަވައެވެ.⚫️ ޤުނޫތު ކިޔުމުގައި ދެއަތް ނެގުމާއި މެދު ޢިލްމުވެރިން -رحمه الله- ދެ ޤަޥްލެއްގެ މައްޗަށް ޚިލާފުވެލެއްވިއެވެ:🔢 ފުރަތަމަ ޤަޥްލަކީ: ޤުނޫތުގައި ދެއަތް ނު އުފުލުމެވެ. [އެހެނީ ނަބިއްޔު ﷺ އަރިހުން މިކަމުގައި ނައްޞެއް ޘާބިތުވެފައި ނުވެއެވެ. އަދި މިކަމުގައި ވާރިދުވެފައިވާ އެންމެހައި ޙަދީޘަކީ ޟަޢީފު ތަކެއްޗެވެ.] މިއީ އައްޒުހުރީ ގެ ޤަޥްލެވެ. އެކަލޭގެފާނުގެ އަރިހުން المصنف ގައި ޢަބްދުއް ރައްޒާޤު ޞައްޙަ ސަނަދަކުން ރިވާކުރެއްވިއެވެ: އެކަލޭގެފާނު ވިދާޅުވިޔޭ: ((ރަމަޟާން މަހުގެ ވިތުރީގައި ⌝އެބޭކަލުންގެ⌜ އަތްތައް ނުއުފުލެވެއެވެ.)) ދެންފަހެ އައްޒުހުރީ މިހިނދު މިގެންނަވާ ވާހަކަފުޅަކީ އަމިއްލަ ބަސްފުޅެއް ނޫނެވެ. އެހެނަސް އެއީ އެކަލޭގެފާނާއި ދިމާވެ އެއްދައުރެއްގައި އުޅުއްވި އަދި ބައްދަލުވެ ނޫނީ (އެބައެއްގެ ފުށުން ބަސްފުޅު) އަޑުއައްސަވާފައިވާ ފަރާތް ތަކުގެ ވާހަކައެވެ. [އައްޒުހުރީ އުފަންވެވަޑައިގެންނެވީ 50 ހިޖުރީ ގައެވެ. އަދި އަޞްޙާބު ބޭކަލުންގެ ޖަމާޢަތަކާއި ބައްދަލުވެ ވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި އަނަސް ބުނު މާލިކާއި ސަހްލު ބުނު ސަޢުދުއް ސާޢިދީ އާއި އިބްނު ޢުމަރާއި އެނޫން އެފަދަ ބޭކަލުން ހިމެނެއެވެ.] އެކަލޭގެފާނު ގެންނެވި ޖުމްލައަކީ: [لم تكن ترفع الأيدي في الوتر في رمضان] ((ރަމަޟާން މަހުގެ ވިތުރީގައި ⌝އެބޭކަލުންގެ⌜ އަތްތައް ނުއުފުލެވެއެވެ.)) އެގޮތުން ގެންނެވީ އެކަމުގައި އިޖުމާޢު އެކެވެ. މި ބަސްފުޅު ރިވާކުރެއްވީ ޢަބްދުއް ރައްޒާޤު، المصنف ގައި އައްޒުހުރީގެ އަރިހުން ޞައްޙަ ސަނަދަކުންނެވެ. އަދި މިއީ ސުފްޔާނު އާއި އަބޫ ޙަނީފާ އާއި އެނޫން ކޫފާ ގެ ރަށްވެހި ޢިލްމުވެރިންގެ ދެކިވަޑައިގަތުމެވެ. (މަޛުހަބެވެ.) 🔢 ދެވަނަ ޤަޥްލަކީ: ދެއަތް ޤުނޫތުގައި އުފުލުމެވެ. އަދި ޤުނޫތު ކިޔާ ކޮންމެ އިރަކުވެސް އެހެން ކަންތައް ކުރުމުގައި ވުމެވެ. މިއީ އަމީރުލް މުއުމިނީން ޢުމަރު ގެ އަރިހުން ރިވާވެގެންވާ ގޮތެވެ. [މިއީ އަބޫ ޢުޘްމާންގެ މަގުން "ރަފްޢުލް ޔަދައިން" ފޮތުގައި (ޞ. 68) އަލްބުޚާރީ ގެންނެވި ޚަބަރެކެވެ. އަދި މީގެ ސަނަދު ޞައްޙައެވެ.] އަދި މިކަމުގައި (ނަބިއްޔު ﷺ އަރިހުން) ޙަދީޘެއް އަލްބައިހަޤީ ގައި ވެއެވެ. އެހެނަސް އެޙަދީޘް މަޢުލޫލެވެ. (ހާމާނޫން ގޮތެއްގައި ބަލިކަށިވެގެން ވެއެވެ.) އަދި މިޤަޥްލަކީ ޖުމްހޫރު ޢިލްމުވެރިންގެ ވެސް ޤަޥްލެވެ. އަދި މިއީ ޝާފިޢީގެފާނާއި އަޙުމަދުގެފާނުގެ ޤަޥްލެވެ. މިއެންމެ ބޭކަލުންވެ ބަސްފުޅަކީ: ((ދުޢާކުރުމުގައި އަޞްލަކީ ދެއަތް އުފުލުމެވެ.)) މި ޤަވާޢިދު: (ޙާއްޞަ ޙާލަތެއް ނުއަން ހިނދުގައި) ދުޢާކުރުމުގެ އަސާސީ ޙާލަތަކީ ދެއަތް އުފުލާފައި ބެހެއްޓުމޭ، މިއީ ރަނގަޅު ޤަވާޢިދެކެވެ.⚠️އެހެނަސް މިޤަޥްލާއި ޚިލާފުވެލައްވާ ބޭކަލުން މިއަށް ދެއްވާ ޒުވާބަކީ: ”މިހެން މިކަން އޮންނާނީ، ކަމެއް ކުރުމުގެ ސަބަބު އޮވެ އެހެނަސް ނަބިއްޔު ﷺ އެކަމެއް ނުކުރައްވާ ހިނދެއްގައި މެނުވީއެވެ. މިހިނދުގައި އެކަމެއް ކުރުން ނުވެއެވެ.“މިކަމުގެ މިޘާލަކީ: ފަރުޟު ނަމާދު ތަކަށް ފަހު (ދުޢާތައް ކުރުމުގައި) ދެއަތް އުފުލުމަކީ އެއަށް (ސުންނަތުން) އަސާސެއް ނެތް ކަމެކެވެ. ދެން މިހިނދުގައި މީހަކު އައިސް ”ދުޢާގެ އަޞްލަކީ އަތް ނެގުމޭ“ ބުނެއްޖެނަމަ، އަހަރެމެން ރައްދުގައި ބުނަމެވެ: މިއީ (އެބަހީ: މިދަނޑިވަޅުގައި ދުޢާ ކުރާތީ އެއަށް އަތް ނެގުމަކީ) އެއަށް ސަބަބު އޮތް ޙާލަތެކެވެ. (އެހަނަސް އަތްނެގުމުގެ މި ސަބަބު އޮވެމެ، އެކަލޭގެފާނު އަތް ނުނަންގަވައެވެ. ވީމާ މިހިނދު އަހަރެމެން ނަށް އެކަން ކުރުން ނުވެއެވެ.)(ނަމަދުން) ސަލާމް ދެއްވުމަށްފަހު ނަބިއްޔު ﷺ ގެ ޢަމަލުގުޅުތައް އަހަރެމެންނަށް ނަޤުލު ކުރެއްވި އެއްވެސް ބޭކަލެއް އެކަލޭގެފާނު ދެއަތް އުފުއްލެވިކަމަށް ޛިކުރު ނުކުރައްވައެވެ. އަތްނެގުން ޝަރުޢު ވެގެން ވީނަމަ، އެއިން އެންމެ ފަރުދެއް ވިޔަސް އެކަން ނަޤުލު ކުރެއްވީހެވެ.=
—②—⚫️(ޚުލާޞާ)މީގެ މައްޗަށް ބަލައި ބުނަނެވެ: ޤުނޫތުގައި އަތްނެގުމުގެ މައްސަލައަކީ، އިޖުތިހާދީ މައްސަލައެކެވެ. ވީމާ އަތް ނަގައިފިމީހެއް ނަމަ، އޭނާ އަށް އެކަމުގައި އިންކާރު ކުރުމެއް ނުވެއެވެ. އަދި އަތް ނުނަގައިފި މީހެއްނަމަ، އޭނާއަށް ވެސް އެކަމުގައި އިންކާރު ކުރުމެއް ނުވެއެވެ. އެހެނީ ދެކޮޅުގެވެސް ދަލީލުތައް ވަރުގަދައެވެ.➕ފުރަތަމަ ބައި ބުރަވަނީ އައްޒުހުރީގެ ޤަޥްލަށެވެ. އެކަލޭގެފާނު ޚަބަރު ދެއްވީ އެކަލޭގެފާނާއި ދިމާވެ އެއްދައުރެއްގައި އުޅުއްވި އަދި (ސީދާ) ބައްދަލުވެ ނޫނީ (އެބައެއްގެ ފުށުން ބަސްފުޅު) އަޑުއައްސަވާފައިވާ ފަރާތް ތަކުގެ ވާހަކައެވެ. [އޭގެ ތެރޭގައި އަޞްޙާބު ބޭކަލުންނާއި ތާބިޢީންގެ ތެރެއިން އެންމެ ބޮޑެތި އިމާމުންތައް ހިމެނެއެވެ.] ވިދާޅުވީ: [لم تكن ترفع الأيدي في الوتر في رمضان] ((ރަމަޟާން މަހުގެ ވިތުރީގައި ⌝އެބޭކަލުންގެ⌜ އަތްތައް ނުއުފުލެވެއެވެ.))[މީގެ އިތުރުން ނަބިއްޔު ﷺ އަރިހުން މިކަމުގައި އެއްޗެއް ޞައްޙަ ވާރިދުވެފައި ނުވުމާއި، މިއީ އަޅުކަމެއް ކަމާއި އެހެންކަމުން އަޅުކަމެއްގައި ވާރިދުނުވެ ވާ އެއްޗެއްގައި ޢަމަލު ނުކަުރުމުގެ އުޞޫލުވެސް ގެންނަވައެވެ.]➕އަދި އަނެއް ކޮޅުން ބުނަނީ: ދުޢާގައި އަޞްލަކީ ދެއަތް އުފުލުން ކަމުގައެވެ. އެއީ މުސާފިރުވެ ހުރި މީހާ އާއިމެދު ނަބިއްޔު ﷺ (ޙަދީޘެއްގައި) ޛިކުރު ކުރެއްވި ފަދައިންނެވެ: «...يَمُدُّ يَدَيْهِ إِلَى السَّمَاءِ: يَا رَبِّ يَا رَبِّ...» ((އޭނާގެ ދެއަށް އުޑާއި ދިމާލަށް ދަމައި (ދުޢާކުރެއޭ) އޭ އަޅާ ހައްދަވައި ބޮޑު ކުރެއްވި އިލާހެވެ. އޭ އަޅާ ހައްދަވައި ބޮޑު ކުރެއްވި އިލާހެވެ.)) އެހެންކަމުން ދުޢާގެ އަޞްލަކީ އަތް އުފުލުމެވެ. އޭގެ އިތުރުން އެވެރިން ބުނެއެވެ: އަދި އަމީރުލް މުއުމިނީން ޢުމަރުގެ އަރިހުން އެކަން އައިސްފައި ވެއެވެ. އަދި އެކަލޭގެފާނަކީ އަހަރެމެންނަށް އެބަޔަކަށް ތަބައުވުމަށް (ނަބިއްޔު ﷺ) އަމުރުކުރެއްވި (ޚުލާފާއުއް ރާޝިދޫން) ބޭކަލުން ތެރެއިން ބޭކަލެކެވެ. [އަދި ތިންވަނަ ޤަޥްލެއްގައިވެސް ހިފިދާނެއެވެ. އެއީ ބައެއް ފަހަރު އުފުލައި ބައެއް ފަހަރު ނުއުފުކުމެވެ. މިއީވެސް (ޢިލްމުވެރިން ގެ) ޤަޥްލުތަކުން ޤަޥްލެކެވެ.] —އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު) [ބުރެކެޓިގައި] އެވަނީ ޝެއިޚުގެ އެނޫން ފަތުވާއަކުން އިތުރު ކުރެވިފައިވާ ބައިތަކެވެ.~ ގަލަންދާނު 🖋
❔ ރޯދަވެރިޔާ ކަރުހިއްކުމުގެ ސަބަބުން އަނގަދޮވުމާއި މެދު ޝެއިޚް ސުލައިމާން އަލްޢަލްވާން އާއި ސުވާލު ވެވުނެވެ. ވިދާޅުވިއެވެ: ”އެކަމުގައި މައްސަލައެއް ނެތެވެ. އަދި އަނގަދޮވުމުގެ އަސާސީ ޙުކުމަކީ ޖާއިޒު ވުމެވެ. މިގޮތުން ވުޟޫއުގައި އަނގޮދުވުމީ ޝަރުޢުވެގެންވާ ކަމެކެވެ. އަދި އެނޫން ޙާލަތްތަކުގައި ހުއްދަކަމެކެވެ. މިއީ ރޯދަޔަށް ހުއްޓަސްއެެވެ. އެހެނީ ރޯދަވެރިޔާއަށް މަނާވެގެންވަނީ ކެއުމާއި ބުއިމެވެ. އަދި މިދެމާނައިގެ ތެރެއަށް އެކަން (އެބަހީ: އަނގަދޮވުން) ނުވަދެއެވެ. ހަމައެފަދައިން ކަރުހިއްކުން ލުއި ކުރުމަށް ރޯދަވެރިޔާ އޭނާގެ މޭމަތި ފެނުން ތެންމުން ނުވަތަ ފެންވެރުންވެސް މަކުރޫހަކަމެއް ނެތި ހުއްދައެވެ. އަދި އެކަމަކުން އޭނާގެ ރޯދަޔަކަށް ގެއްލުމެއް ނުފޯރާނެއެވެ.ސުނަން އަބޫ ދާވޫދާއި އެނޫން ފޮތް ތަކުގައި، އަބޫ ބަކުރު ބުނު ޢަބްދުއްް ރަޙްމާން އަރިހުން ރިވާވެގެންވާ ގޮތުގައި، އެކަލޭގެފާނު ނަބިއްޔު ﷺ ގެ ބައެއް އަޞްޙާބުންނާ ބައްދަލުވެ ބަސްވިދާޅުވެފައިވެއެވެ. އަދި އެއިން ބޭކަލަކު ވިދާޅުވިޔޭ:”ނަބިއްޔު ﷺ ރޯދަޔަށް ހުންނަވައިގެން ބޮލަށް ފެންއަޅުއްވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ. އެއީ އެހެންޏާ ކަރުހިއްކެވުމުގެ ސަބަބުންނެވެ. ނޫނީ ހޫނުގެ ސަބަބުންނެވެ.“ މިއީ ރޯދަވެރިޔާ ހަށިގަނޑު ފިނިކޮށްލައި ކަރުހިއްކުން ލުއިކޮށްލުމަށް ބޮލަށް އަދި އޭނާގެ ގަޔަށް ފެންއެޅުން ޖާއިޒުކަމުގެ މައްޗަށް އޮތް ދަލީލެކެވެ.“ — އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން| فوائد منتقاة (ބަސްކޮޅު)~ ގަލަންދާނު 🖋
Telegram Channel Link information
Category General
Country 🇲🇻 Maldives
Language English
Type Telegram Channel Link
Subscribers 412
Rate this group

How would you rate this community?

0.0 ★ Join Group →