Telegram
Telegram Channel Link
Hunafa -Millat Ibraheem (dhivehi) Telegram Channel Link
👁
2
views
↗
0
joins
About this telegram channel link
You can view and join @hunafa_mv right away.
Telegram Channel
Latest public posts from this Telegram channel.
63
subscribers
25 Jun 2024
latest post
ދަތުރުމަތީގައި ނަމާދުކުރުމުގެ ޙުކުމްތަކުގެ ތެރެއިން: ދަތުރުގެ ލުއިތަކުގައި ދަތުރުވެރިޔާ ހިފަން ފެށޭނީ ކޮންއިރަކުން؟
ދަތުރުމަތީގައި ނަމާދުކުރުމުގެ ޙުކުމްތަކުގެ ތެރެއިން:ދަތުރުގެ ލުއިތަކުގައި ދަތުރުވެރިޔާ ހިފަން ފެށޭނީ ކޮންއިރަކުން؟
🔥 މަގުފުރެދުން: ▪️”މަގުފުރެދުމުގެ އެންމެ ފުރަތަމަ އޮށަކީ އަމިއްލަ އެދުމެވެ. ދެން އެކަންވާނީ ކިބުރުވެރިކަމަށެވެ. ދެން އެވެގެންދާނީ ޙައްޤު ދޮގުކުރުމަށެވެ: #الطريفي
🔥 މަގުފުރެދުން: ▪️”މަގުފުރެދުމުގެ އެންމެ ފުރަތަމަ އޮށަކީ އަމިއްލަ އެދުމެވެ. ދެން އެކަންވާނީ ކިބުރުވެރިކަމަށެވެ. ދެން އެވެގެންދާނީ ޙައްޤު ދޮގުކުރުމަށެވެ: #الطريفي
🔥 މަގުފުރެދުން:▪️”މަގުފުރެދުމުގެ އެންމެ ފުރަތަމަ އޮށަކީ އަމިއްލަ އެދުމެވެ. ދެން އެކަންވާނީ ކިބުރުވެރިކަމަށެވެ. ދެން އެވެގެންދާނީ ޙައްޤު ދޮގުކުރުމަށެވެ:#الطريفي
🌱 މީހަކު ދާވޫދު އައްޠާއީ (165ހ) ގެ އަރިހުން ވަޞިއްޔަތެއް ކުރެއްވުމަށް އެދުމުން ފެންކަޅިވެފައިވާ ޙާލު ވިދާޅުވިއެވެ:”އޭ އަޚާއެވެ! ރެޔާއި ދުވާލު ވާކަންކަށަވަރީ ކަޑައްތުކޮށްލާ މަރްޙަލާތަކެއް ކަމުގައެވެ. މަރްޙަލާއަކުން މަރްޙަލާއެއް މީސްތަކުންގެ ގާތަށް ފައިބަމުންދެއެވެ. އެހެންގޮސް އެމީހުންގެ ދަތުރުގެ ނިމުމާ ހަމައަށް ފޯރައިފުމަށް ދާންދެނެވެ! ފަހެ ކޮންމެ ދުވަހެއްގެ މަރްޙަލާއަށް ތިބާގެ ކުރިމަތީގައި އޮތް ކަންތަކަށްޓަކައި ކޮއްތެއް ތައްޔާރުކޮށްގެން ނެރުމަށް ތިބާ ކުޅަދާނަވެއްޖެނަމަ ފަހެ އެހެން ހަދާށެވެ!ފަހެ މިކުރަމުންދާ ދަތުރު މެދުކެނޑުންވަނީ ދާދި ގާތުގައެވެ! ކަންތައްވަނީ އެއަށްވުރެ މާއަވަސް ވެގެންނެވެ. އެހެންކަމުން އަވަހަށް ދަތުރަށް ކޮއްތު ތައްޔާރުކުރާށެވެ!އަދި ތިބާ ނިންމާކަމެއް އަވަހަށް ގޮތްކަނޑައަޅާ ނިންމާށެވެ! ފަހެ ކުއްލިއަކަށް ނުވެސް ދެނެހުއްޓާ އިސާހިތަކު ތިބާގެ ގާތަށް އެކަންތައް (އެބަހީ: ދަތުރު މެދުކެނޑި މަރުވުން) ލައިގަތްފަދައެވެ! އަހަރެން މިވާހަކަ މިބުނަނީ އަހަރެންނަށްވުރެ ވަކި މިކަންތަކާމެދު ފަރުވާކުޑަކޮށްލާ ގެއްލުވާލާ މީހެއް ނޭނގޭ ޙާލުގައެވެ!“📚 އައްޒުހްދު ލިއިބްނު އަބިއް ދުންޔާ، ޙިލްޔަތުލް އައުލިޔާ 📚
"...ހުރިހާ މިއްލަތްތަކެއްގައި، ހުރިހާ ވައްތަރެއްގެ ނަފްސުގެ ޠަބީޢަތްތައް އުޅެއެވެ. އަދި އިންސާނާ އެއް ދީނުން އަނެއް ދީނަށް ބަދަލުވާހިނދުވެސް އިންސާނާއާއެކު އެޠަބީޢަތް އިންތިޤާލުވެއެވެ." - ޟައިޚް ޠަރީފީ ⬇️
"...ހުރިހާ މިއްލަތްތަކެއްގައި، ހުރިހާ ވައްތަރެއްގެ ނަފްސުގެ ޠަބީޢަތްތައް އުޅެއެވެ. އަދި އިންސާނާ އެއް ދީނުން އަނެއް ދީނަށް ބަދަލުވާހިނދުވެސް އިންސާނާއާއެކު އެޠަބީޢަތް އިންތިޤާލުވެއެވެ."- ޟައިޚް ޠަރީފީ⬇️
"ކަންބޮޑުވުންތައް ފިލުވާލާ، އަދި ފާފަތައް ފުއްސެވިގެން ދިޔުމުގެ އެއް ސަބަބަކީ: ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ލެއްވުމަށް އެދި ދުޢާ ކުރުމެވެ. އަދި ހުކުރު ދުވަހުގައި ޞަލަވާތް ކިޔެވުމުގެ އަސަރު ބޮޑުވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ…
"ކަންބޮޑުވުންތައް ފިލުވާލާ، އަދި ފާފަތައް ފުއްސެވިގެން ދިޔުމުގެ އެއް ސަބަބަކީ: ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ލެއްވުމަށް އެދި ދުޢާ ކުރުމެވެ. އަދި ހުކުރު ދުވަހުގައި ޞަލަވާތް ކިޔެވުމުގެ އަސަރު ބޮޑުވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ…
"ކަންބޮޑުވުންތައް ފިލުވާލާ، އަދި ފާފަތައް ފުއްސެވިގެން ދިޔުމުގެ އެއް ސަބަބަކީ: ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ލެއްވުމަށް އެދި ދުޢާ ކުރުމެވެ. އަދި ހުކުރު ދުވަހުގައި ޞަލަވާތް ކިޔެވުމުގެ އަސަރު ބޮޑުވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތްކީ މީހާއަށް އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: 'ތިބާ ކަންބޮޑުވާ ކަންތައް ފުއްދައިދެވި، އަދި ތިބާގެ ފާފަތައް ފުއްސަވާދެވޭނެއެވެ.'"-ޝެއިޚު ޠަރީފީ-#الطريفي
🔸 ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (728ހ) ވިދާޅުވިއެވެ:"ނަމާދު ކުރުމަށްޓަކައި، އަޅާގެ އަތުގަވާ އެންމެ ރީތި، ޒީނަތްތެރި ހެދުން ލާންވާނެއެވެ. ސަލަފުންގެ ބައެއް ބޭކަލުން އަގުބޮޑު ރީތި ފޭރާމެއް ގެންގުޅުއްވާ، ނަމާދު ވަޤުތުގައި އެ ފޭރާން ތުރުކުރައްވާ ކަމުގަވިއެވެ. އަދި ވިދާޅުވެއެވެ:"އެފަރާތަކަށްޓަކައި އަހަރެން ޒީނަތްތެރިވުން އެންމެ ޙައްޤު ފަރާތަކީ ނަމާދުގައި އަހަރެންގެ ވެރި ރައްބަށްޓަކައި ޒީނަތްތެރިވުމެވެ!" އެނގިގެންވާކަމަކީ: ﷲ ތަޢާލާ، އެކަލާނގެ އަޅާއަށް ދެއްވާ ނިޢުމަތުގެ އަސަރު އެމީހެއްގެ ކިބައިން ފެނިގެންވުމަށް ލޯބިވެވޮޑިގަންނަވާކަމެވެ. ޚާއްޞަކޮށް އޭނާ އެކަލާނގެ ކުރިފުޅުމަތީގަ ހުއްޓޭ ހިނދުއެވެ.ފަހެ އެކަލާނގެ ކުރިފުޅުމަތީގަ އޭނާ ހުއްޓޭނެ އެންމެ ރަނގަޅު ރިވެތިގޮތަކީ: އެކަލާނގެ އޭނާއަށް ދެއްވާފައިވާ (ރިވެތި) ފޭރާމުގައި، އަދި އެކަލާނގެ އޭނާއަށް ދެއްވި ނިޢުމަތް، އެތެރެފުށުންނާއި ބޭރުފުށުން ފާޅުވާގޮތަށް ހުއްޓިހުރުމެވެ."📖 އަލްމުސްތަދްރަކު ޢަލާ މަޖްމޫޢުލް ފަތާވާ 📖
އަބުލް މުޡައްފަރު އައްސަމްޢާނީ އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވިއެވެ:"ދަންނާށެވެ! ޚަވާރިޖުން މިއާޔަތުން ދަލީލުދައްކައެވެ. އަދި އެމީހުން ބުނެއެވެ: 'ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާ މީހާއަކީ ފަހެ ކާފަރެކެވެ. އެކަމަކު ސުންނަތުގެ އަހުލުވެރިން ބުންޏެވެ: '(ﷲ ބާވައިލެއްވި ގޮތަށް) ޙުކުމްކުރުން ދޫކޮށްލައިގެން އޭނާ ކާފަރުނުވާނެއެވެ.' "📕 تفسير السمعاني: 2 / 42އައްރާޣިބުލް އަޞްފަހާނީގެ ތަފްސީރުގައި މިއާޔަތުގެ {وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللهُ فَأُولَئِكَ هُمُ الْكَافِرُونَ} ދަށުން ގެނައެވެ: "މިއާޔަތުގައި ޚަވާރިޖުން ހިފައިގެން އެލިގަނެގެން އުޅެއެވެ. އަދި ކޮންމެ ޙާލަތެއްގައިވެސް ﷲ ގެ ޙުކުމަށް ޙުކުމް ނުކޮށް ދޫކޮށްލާ މީހާއީ ފަހެ ކާފަރެއްކަމަށް އެމީހުން ދަޢުވާކުރިއެވެ. އެނޫން މީހުން ބުނީ: އިންކާރުކުރާ ޙާލުގައި އެކަލާނގެ ބާވައިލެއްވި ތަކެއްޗަށް ޙުކުމްނުކުރާ މީހާއީ ކާފަރެއްކަމުގައެވެ."📕 تفسير الراغب الأصفهاني: 4 / 361
🌴 އަބޫ ޒުރްޢާ އައްރާޒީ (264ހ) ވިދާޅުވިއެވެ:”އަހަރެން އަޙްމަދު ބްނު ޙަންބަލު (241ހ) އަށް ދެންނެވީމެވެ:"ތިބާ އަލްމުޢުތަޞިމުގެ ކަނޑިންނާއި، އަލްވާޘިޤުގެ ޗާބޫކުން ސަލާމަތްވީ ކިހިނަކުންހެއްޔެވެ؟" އެކަލޭގެފާނު ވިދާޅުވިއެވެ: "ތެދުވެރިކަން، ޒަޚަމެއްގެ މަތީގައި ބޭއްވިއްޖެއްޔާ އެޒަޚަމްވެސް ފަސޭހަވެގެންދާނެއެވެ!" “📚 މަނާޤިބުލް އިމާމި އަޙްމަދު، އަލްއާދާބުއް ޝަރްޢިއްޔާ 📚
▪️އަލްމުޣީރާ ބްނު ޝުޢުބާ ވިދާޅުވިކަމަށް ރިވާކުރެވެއެވެ:"އަހަރެންނަށް މިހާރު އަށްޑިހަ އަންހެނުންނާ ކައިވެނި ކުރެވިއްޖެއެވެ!އެހެންކަމުން ތިޔަބައިމީހުންގެ ތެރެއިން އަންހެނުންގެ ކަންކަން އެންމެ ދަންނަމީހަކީ އަހަރެންނެވެ! އެގޮތުން އަހަރެންނަށް ފެނުނީ:އެންމެ އަންހެނަކާ އިނދެގެން އުޅޭ ފިރިހެނާއަކީ އަންހެނެއްކަމުގައި ވަނިކޮށެވެ. އަންހެނާ ޙައިޟުވެއްޖެނަމަ އޭނާވެސް އެކަނބުލޭގެއާއެކު ޙައިޟުވެއެވެ. އަންހެނާ ޒިޔާރަތްކޮށްފިނަމަ، އޭނާވެސް ޒިޔާރަތްކުރެއެވެ. އަންހެނާ ބަލިވެއްޖެނަމަ، އޭނާވެސް ބަލިވެއިނދެއެވެ.ފަހެ ތިޔަބައިމީހުންކުރެ މީހަކު، އެންމެ އަންހެނެއްގެ މައްޗަށް ފުއްދާނުލާ ހުށިކަމެވެ!"📖 ޣަރީބުލް ޙަދީޘް ލިލްޚައްޠާބީ 📖▪️އެހެން ރިވާޔަތެއްގައިވެއެވެ:"އެންމެ އަނތްބަކުވާ މީހާއަކީ، އެކަނބުލޭގެފަދަ އަންހެނެކެވެ.އެކަނބުލޭގެ ވަކިވެއްޖެނަމަ އޭނާވެސް ވަކިވެދެއެވެ. އެކަނބުލޭގެ ޙައިޟުވެއްޖެނަމަ އޭނާވެސް އެކަނބުލޭގެއާއެކު ޙައިޟުވެއެވެ. އެކަނބުލޭގެ ބަލިވެއްޖެނަމަ އޭނާވެސް އެކަނބުލޭގެއާއެކު ބަލިވެއެވެ.ދެއަނބިން ލިބިގެންވާ މީހާވަނީ ދެއަނގުރު އަލިފާންގަނޑުގެ މަތީގައެވެ! އަދި ތިން އަނބިން ލިބިގެންވާ މީހާވަނީ (ދަނޑުގޮވާންކުރެވޭ) ބައިބޯ ޖަންގައްޔެއްގައެވެ! ހަތަރު އަނބިން ލިބިގެންވާ މީހާއީ ކޮންމެ ރެޔަކު އާކައިވެންޏެއްގެ ރަހަލާ މީހެކެވެ!"📖 ބަހްޖަތުލް މަޖާލިސް 📖
އިބްނުލް މުހައްލަބުއާމެދު އަލްޙަސަނު ވިދާޅުވިއެވެ: "މިހުރީ ﷲ ގެ ޢަދުއްވު ޔަޒީދު ބްނުލް މުހައްލަބުއެވެ! ކޮންމެ ފަހަރަކު މީހަކު އަޑުނަގާ (ހަނގުރާމައަށް) ހަޅޭއްލަވާއިރަށް އެމީހުންގެ ކަނޑިތައް ހިފައިގެން ނިކުމެ އެމީހަކާއެކު އެބަ ހަނގުރާމަކުރެއެވެ!“ 📚 އަޚްބާރުލް…
އިބްނުލް މުހައްލަބުއާމެދު އަލްޙަސަނު ވިދާޅުވިއެވެ:"މިހުރީ ﷲ ގެ ޢަދުއްވު ޔަޒީދު ބްނުލް މުހައްލަބުއެވެ!ކޮންމެ ފަހަރަކު މީހަކު އަޑުނަގާ (ހަނގުރާމައަށް) ހަޅޭއްލަވާއިރަށް އެމީހުންގެ ކަނޑިތައް ހިފައިގެން ނިކުމެ އެމީހަކާއެކު އެބަ ހަނގުރާމަކުރެއެވެ!“📚 އަޚްބާރުލް ޤުޟާތު، ސިޔަރު އަޢުލާމުއް ނުބަލާއު 📚⬇️
އިބްނުލް ޤައްޔިމް ވިދާޅުވިއެވެ:އިސްލާމްދީނުގެ އަހުލުވެރިންވަނީ މީސްތަކުންގެތެރޭގައި ބީރައްޓެހިންތަކެއް ކަމުގައެވެ. އަދި އިސްލާމްދީނުގެ އަހުލުވެރިންތެރޭގައި މުއުމިނުންނީ ބީރައްޓެހިންކަމުގައި ވެއެވެ. އަދި އޭގެތެތެރެއިން ޢިލްމުގެ އަހުލުވެރިންނީ ބީރައްޓެހިންކަމުގައި ވެއެވެ. އަދި ހަވާނަފްސުގެ އެދުންތަކާއި ބިދުޢަތަކުން އެކަހެރިވެ، ފާހަގަކޮށްދޭ ސުންނަތުގެ އަހުލުވެރިންނަކީ ބީރައްޓެހިން ތަކެކެވެ. އަދި ސުންނަތައް ގޮވާލައި، އަދި ޚިލާފުވެގަންނަ މީހުންގެ އުނދަގުލުގެ މައްޗައް ކެތްތެރިވާ މީހުންނީ، ފަހެ މި އެންމެންގެ ތެރެއިން އެންމެ ބީރައްޓެހިކަން ގަދަވެގެންވާ މީހުންނެވެ. އެހެނެއްކަމަކު މިބައިމީހުންނީ ﷲ ތަޢާލާގެ އަހުލުވެރިންނެވެ. ފަހެ އެބައިމީހުންގެ މައްޗައް ބީރައްޓެހިކަމެއް ނެތެވެ.އެހެނެއްކަމަކު ބީރައްޓެހިކަންވަނީ ﷲ ތަޢާލާ އެބަޔަކާމެދު މިފަދައިން ވަޙީކުރެއްވި ބައިބޮޑު މީހުންނަށެވެ."އަދި ބިމުގައި ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން ﷲ ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ"[6:116]ފަހެ، އެއުރެންނީ ﷲ އާއި އެއިލާހުގެ ރަސޫލާގެ އަރިހުން ބީރައްޓެހިވެގެންވާ މީހުންނެވެ. އެއީ އެބައިމީހުންގެ ބީރައްޓެހިކަމަކީ އެ ބީރައްޓެހިކަމަކުން އެކަނިކޮށްލާ (ޙަޤީޤީ) ބީރައްޓެހިކަމެވެ"مدارج السالكين 3/195
މިހުރިހާކަމެއްގައިވެސް ﷲ ތަޢާލާގެ އަޅުންކަމުގައިވާ ނަބިއްޔުންނަށް ބާވައިލެއްވި ޝަރީޢަތްތަކާ ޚިލާފުވުންވެއެވެ."📕 އަލްބިދާޔާ ވައްނިހާޔާ: 17 /162ތަތާރުންގެ ދުވަސްވަރުގައި ދިރިއުޅެ، އެމީހުންގެ ކަންކަން އެނގުނު މީހުންގެ ގާތުގައި އެމީހުންގެ ޙާލަތުތައް ހުރިގޮތަކީ މިއެވެ. މިހެންވެ އިބްނު ކަޘީރު އެވަނީ އެވެރިން ކާފަރުންވެގެންވާކަމަށް މުސްލިމުންގެ އިޖްމާޢު ގެނެސްފައިއެވެ. އެއީ ޙައްޤެވެ. އެއީ ތަތާރުންގެ ރަސްކަލުންނާއި، އެމީހުން ފަދައިން ކަންތައްކުރި މީހުންނަށްވާ ޙުކުމެކެވެ.
Telegram Channel Link information